ހައިކޯޓަށް އިސްގާޒީ މާހިރު އައްޔަން ކުރަން ޖޭއެސްސީން ނިންމައިފި
ދަޕްރެސް
25 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 4:09
ހައިކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައެވެ. މި މަގާމަށް 14 ބޭފުޅަކު ކުރިމަތިލިއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް މާހިރަކީ އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅާއެވެ.
މި މަގާމަށް މާހިރު އައްޔަން ކޮށްފައިވަނީ ޖޭއެސްސީގެ މެމްބަރުންގެ އިއްތިފާގުންނެވެ.