މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދައާއެކު 6 އަހަރުން ފެނަކައިގެ ޖުމްލަ ދަރަނި 379 ޕަސެންޓު އިތުރު!

ދަޕްރެސް

26 ސެޕްޓެމްބަރު 2025 | ހުކުރު | 1:29

ފާއިތުވި އަހަރު ތަކުގައި ފެނަކައިގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެެއްޖެއެވެ.

ފެނަކައިގެ މުދަލާއި ހިދުމަތް ހޯދުން، ކުންފުނީގެ މާލީ ހާލަތާއި ހިސާބުތައް ބެލެހެއްޓުމާއި ގުޅޭ ގޮތުން ހަދާފައިވާ ހާއްސަ އޮޑިޓް ރިޕޯޓުން 2021 ވަނަ އަހަރުން ފެށިގެން 2023އާ ހަމައަށް އެ ކުންފުނިން ކޮށްފައިވާ ބޮޑެތި ހިޔާނާތުގެ އަމަލުތަކާއި އެހެނިހެންވެސް ކަންކަން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އެ ކުންފުންޏަށް ހޯދާފައިވާ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 3,896,238,960 ރުފިޔާ އެކި ފަރާތްތަކަށް ނުދައްކާ ހުރި ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ޖުމްލަ ދަރަނީގެ އަދަދަކީ 796,618,811ު ރުފިޔާއެވެ. އެކަމަކު އެ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު ވަނީ 389 ޕަސެންޓަށް އިތުރު ވެފައެވެ.

މައުޟޫޢުތަށް