ފެނަކަ ހިޔާނާތް: ޕެޓީ ކޭޝްގެ ގޮތުގައި ދޫކުރި 26 މިލިއަން ރުފިޔާއިންވެސް ވައްކަން!

ދަޕްރެސް

26 ސެޕްޓެމްބަރު 2025 | ހުކުރު | 1:30

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ޕެޓީ ކޭޝްގެ ގޮތުގައި ދޫކުރި ފައިސާއަށް ވެސް ހިޔާނާތްތެރިވެފައިވާކަން ހާމަވެއްޖެއެވެ.

2021 ވަނަ އަހަރުން 2023 އަހަރުގެ ނިޔަލަށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުގައި ވަނީ ޕެޓީ ކޭޝްގެ ފައިސާގެ ގޮތުގައި ދޫކުރި 26,493,169 ރުފިޔާ ވަގުތީ ވަޒީފާތަކަށް ނެގި ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށާއި އަދި ޕެޓީ ކޭޝް ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މަގު ފަހިވެފައިވާ އޮތް ކަމަށެވެ.

އެގޮތުން އެ ކޯޕަރޭޝަނުން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ބްރާންޗުތަކުގައި ރައްކާތެރިކަމާއެކު ފައިސާގެ ކަންކަން ބެލެހެއްޓުމަށް ތިޖޫރިއާއި ކުންފުނީގެ ދާއިމީ މުވައްޒަފުންނާއި އަދި ބައެއް ބްރާންޗުތަކުގައި ބޭންކު އެކައުންޓް ފަދަ ވަސީލަތްތައް ބޭނުންކުރެވޭނެ އިްނތިޒާމު ހަމަޖައްސާފައިވީ ނަމަވެސް ކުންފުނިން އިންހައުސްކޮށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގައި ޕެޓީ ކޭޝް ފައިސާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ އެ މަޝްރޫއުތަކުގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓު އުސޫލުން ވަގުތީ ގޮތުން ނަގާފައިވާ މުވައްޒަފުންނާކަން ވަނި ފާހަގަ ކޮށްފައެވެ.

މައުޟޫޢުތަށް