އުރީދޫއިން ޕްރީ-އޯޑާ ކުރި ކަސްޓަމަރުންނަށް އައިފޯން 17 ހަވާލުކުރަން ފަށައިފި
ދަޕްރެސް
26 ސެޕްޓެމްބަރު 2025 | ހުކުރު | 7:01
އުރީދޫ މެދުވެރިކޮށް އައިފޯން 17 ޕްރީ-އޯޑާ ކުރި ކަސްޓަމަރުންނަށް އައިފޯން ހަވާލުކުރަން ފަށައިފިއެވެ.
އުރީދޫއިން ޕްރީ-އޯޑާ ކުރި ފަރާތްތަކަށް އައިފޯން ދޫކުރަން ފަށާފައި ވަނީ ރޭ ދަންވަރު 12:00 ގައެވެ.
ފޯނު ހަވާލުކުރުމަށް އުރީދޫ ހެޑްކުއާޓާސްގައި ރޭ ވަނީ ހާއްސަ ހަރަކާތެއް ބާއްވާފައެވެ. އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ލައިވް މިއުޒިކާއެކުގައެވެ.