ހުއްދަނެތި ގެއަކަށްވަދެ، މާރާމާރީ ހިންގައި އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

ދަޕްރެސް

26 ސެޕްޓެމްބަރު 2025 | ހުކުރު | 11:44

ހުއްދަނެތި ގދ. ތިނަދޫގެ ގެއަކަށްވަދެ، މާރާމާރީ ހިންގައި އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ ފުޓް ލައިޓްއާގެ، އުމުރުން 49 އަހަރުގެ އާމިނަތު ފޭޒްލީންއެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 10:38 ހާއިރު މީހަކު ހުއްދަނެތި ގދ. ތިނަދޫގެ ގެއަކަށް ވަދެ އެގޭގައި ކުޑަކުދިންތަކެއް ތިއްބައި ހަޑި ހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރު ދީފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައުޟޫޢުތަށް