ކަފާލާތަށް 10،000 ރުފިޔާ ބަހައްޓަން ފޭޒްލީންގެ މައްޗަށް ކޯޓުން އަމުރުކޮށްފި
ދަޕްރެސް
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 1:20
ޓިކްޓޮކުގައި މަޝްހޫރު ފޭޒްލީން، ކަފާލާތަށް 10،000 ރުފިޔާ ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
ކޯޓުން މިފަދައިން އަމުރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ، ގދ. ތިނަދޫގައި ހުއްދަ ނެތި ގެއަކަށް ވަދެ، ކުޑަކުދިންތަކެއް ކުރިމަތީ ހުތުރުބަހުން ޒުވާބުކޮށް އިންޒާރުދިން މައްސަލައެއްގައި ފޭޒްލީން ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ ފުޓް ލައިޓްއާގެ، އުމުރުން 49 އަހަރުގެ އާމިނަތު ފޭޒްލީންއެވެ.