ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ނޭޕާލް އަންހެނަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެނީ
ދަޕްރެސް
27 ސެޕްޓެމްބަރު 2025 | ހޮނިހިރު | 3:49
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ބިދޭސީ އަންހެނަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:45 ހާއިރު ލިބިފައިވާ ކަމަށެވެ.
މި މާރާމާރީގައި ޒަހަމްވެފައި ވަނީ ނޭޕާލްއަށް ނިސްބަތްވާ 21 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ އަންހެން މީހާއަކީ ހުޅުމާލެ ފޭސް 1 ގެ ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.