ފްލްޓް ލިސްޓަށް އެއްވެސް މީހަކު އިތުރެއް ނުކުރަން، އެ ފުރުސަތު ނޯންނާނެ: މިނިސްޓަރު މުއްތަލިބު
ދަޕްރެސް
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:23
ގަވައިދާއި ހިލާފަށް ފްލްޓް ލިސްޓަށް އެއްވެސް މީހަކު އިތުރު ނުކުރާ ކަމަށާއި އަދި އެއްވެސް ބަޔަަކަށް އެ ފުރުސަތު ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 އެއްހާ ފުލެޓު، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު ވިއްކަން އުޅޭ ކަމަށް ފަހި ޔޫނިއަނުން ތުހުމަތުކޮށްފައި ވާއިރު، މިނިސްޓަރު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އެގޮތުން މިިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޮވެންބަރު 15، 2023 ގައި އިއުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓުކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރެވުނު އިއުލާނުގައި ވާ ގޮތަށްކަން މިނިސްޓްރު ވަނީ ހާމަކުރައްވާފައެވެ.