ސިވިލްސާވިސް އާއި ޖުޑީޝަރީ އަދި ކައުންސިލްތަކުގެ މުސާރަ ނޮވެމްބަރު 1 ގައި ބޮޑުވާނެ
ދަޕްރެސް
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 3:42
ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ބޮޑުވާނެ ކަމަށް ރައީސުމްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒް ކުރެވި، މިއަހަރު މުސާރަ ބޮޑުވެގެންދާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވާނެ ކަމަށާއި އެގޮތަށް އެކަން ތަންފީޒު ކުރައްވާނެ ކަމަށެވެ. އަދި މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށް ވެސް މިއަދު ރައީސް ވަނީ ވިދާޅުވެއެވެ.
ސިވިސް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި މިއަހަރު 30 ހާހަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެއެވެ.