ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަ ސާބިތުވި ސައީދު، 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ދަޕްރެސް
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 5:31
ފެނަކައިގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ސައީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރު "ބްލޭޒަން އިންކް" ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައެވެ.