ގިނަ ތުހުމަތުތަކާއެކު އެމްޑީޕީން ބުނީ ފެނަކަ ރިޕޯޓް ނެރުނީ އެއްވުން ބާއްވާތީ ބިރުން ކަމަށް
ދަޕްރެސް
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 6:35
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ހިންގިއިރުގެ މައްޗަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލާ ނެރުނު އޮޑިޓް ރިޕޯޓަކީ އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް ބިރު ދައްކައިގެން ސަރުކާރުން ކުރި ކަމެއް ކަމަށް, އެ ޕާޓީން ތުހުމަތުކޮށްފިއެވެ.
2021 ވަނަ އަހަރުން 2023 ވަނަ އަހަރަށް ފެނަކައިން ހިންގި އެތައް ހިޔާނާތަކާއި ކޮރަޕްޝަންގެ މައުލޫމާތު ހިމެނޭ ރިޕޯޓު އޮޑިޓް އޮފީހުން އާންމުކުރީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެ ތިން އަހަރުން ފެނަކައިން ދެ ބިލިއަން ރުފިޔާއަށް ވުރެން ގިނަ މުއާމަލާތް ހިންގާފައިވާއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްފައި ވަނީ ހިޔާނާތާއި ކޮރަޕްޝަންގެ އަމަލުތަކަށެވެ.