އުދައްޔު މަރާލި މައްސަލާގައި ކުށް ސާބިތުވި ދެ މީހުން މެރުމަށް ހުކުމް ކޮށްފި
ދަޕްރެސް
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 9:26
ގްރޫޕް މާރާމާރީއެއް ހިންގައި ގއ. މާމެންދޫގައި މިދިޔަ އަހަރުގެ ކުރީކޮޅު މަރާލި އަހްމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2021 ވަނަ އަހަރުގެ ފެބްރުއަރީ 08 ވަނަ ދުވަހުގެރޭ މާމެންދޫގައި ހިންގި މާރާމާރީއެެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި އުދައްޔުގެ (17 އ) މަރުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުއެވެ.
އެއީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންއެވެ.