ކާރަކާއި ސައިކަލެއް ޖެހި ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކަށް އައިސީޔޫގައި ފަރުވާ ދެނީ

ދަޕްރެސް

28 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:13

ގދ. ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެ ސިޓީގެ ގާޒީ މަގާއި ރަންނަބަނޑޭރި މަގު ގުޅޭ ކަންމަތިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވި މައްސަލައެއް މިރޭ 07:44 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލުގައި ތިބި ދެ އަންހެނުންނަށް އަނިޔާވެފައިވާއިރު، ސައިކަލު ދުއްވި މީހާއަށް ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މައުޟޫޢުތަށް