ފެނަކައިގެ ކޮރަޕްޝަނަކީ އެމްޑީޕީ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ ކުޑަ މިންވަރެއް: މިނިސްޓަރު ސައީދު
ދަޕްރެސް
29 ސެޕްޓެމްބަރު 2025 | ހޯމަ | 10:27
ފެނަކައިގެ ކޮރަޕްޝަނަކީ އެމްޑީޕީ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ ކުޑަ މިންވަރެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ފެނަކައިގެން ބޮޑު ހިޔާނާތާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ތެރޭގައި އޭރު ހިންގަމުން ދިޔަ ވައްކަންތަކަކީ ވެރިންނަށްވެސް އެނގިތިބެ ކުރި ކަންކަން ކަމަށެވެ. އަދި އިންތިހާބުތަކުގެ ދުވަސްވަރު ވެރިކަން ހޯދަން އުޅޭއިރު، ކޮރަޕްޝަނާ ދެކޮޅުކަމަށް ވާހަކަތައް ދެއްކި ނަމަވެސް ވެރިކަން ލިބުމުން ކޮރަޕްޝަންގެ މައްސަލަތައް ނުބަލާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ތެރެއިން ފެނަކައިގެ ކޮރަޕްޝަން މައްސަލަ ފެންމަތިވި ނަމަވެސް އެކަން ނުބެލިކަން ފާހަގަކޮށް މިނިސްޓަރު ވަނީ އެފަދަ އަމަލުތަކަށް އޭރު ވެރިކަމުގައި ތިބިގެން އެމްޑީޕީ ސަރުކާރުން ހިތްވަރުދިންކަމަށް ވިދާޅުވެފައެވެ.