ގެދޮރުވެރިޔާ ސްކީމް: 4000 ފްލެޓްގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ދަޕްރެސް

29 ސެޕްޓެމްބަރު 2025 | ހޯމަ | 12:40

ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭގައި ގާއިމްކުރި 4،000 ފްލެޓްގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފިއެވެ.

ތަޅުދަނޑި ހަވާލުކުރަން ފެށުމަށް އިއްޔެބޭއްވި ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ ފްލެޓް ލިބުނު ފަރާތަކަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްދެއްވާފައެވެ.

ހަމްދާން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ގާއިމްކުރި އެ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަނީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް ކަމަށެވެ. މިހާތަނަށް 588 ފަރާތަކުން ވަނީ ޑިޕޮސިޓް ފައިސާ ދައްކާފައެވެ.

މައުޟޫޢުތަށް