ކައްދޫގައި ސައިކަލަކުން ޖެހި، މީހަކު މަރުވި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި
ދަޕްރެސް
29 ސެޕްޓެމްބަރު 2025 | ހޯމަ | 12:57
ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް ސައިކަލަކުން ޖެހި އެކްސިޑެންޓުވެ، މީހަކު މަރުވި މައްސަލައިގައި ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، އުމުރުން 37 އަހަރުގެ މުހައްމަދު ނައުސާންގެ މައްޗަށެވެ.
ފުލުހުން ބުނީ މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ޕީޖީ އޮފީހުން އިއްޔެ އެ މައްސަލަ ބަލައިގެންފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.