މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ވޭޕް އަދި ފައިސާއާއެކު 3 ބެއިން ހައްޔަރުކޮށްފި
ދަޕްރެސް
29 ސެޕްޓެމްބަރު 2025 | ހޯމަ | 3:54
މަސްތުވާތަކެއްޗާއި ވޭޕް އަދި ގިނަ އަދަދެއްގެ ރާއްޖެ އެތެރެކުރުން މަނާ ތަކެއްޗާއެކު 3 ބެއިން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެއްބަނޑު އެއްބަފާ ތިން މީހުން ކަމަށްވާ ލ. މާބައިދޫ / ސޭޑީކޯނާ، ނަޝްވާން މުހައްމަދު (32އ)، ނަހުޒާން މުހައްމަދު (25އ) އަދި ނަބުހާން މުހައްމަދު (22އ) އެވެ.
ފުލުހުން ބުނީ 4 މީހަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 3 އެޕާޓްމަންޓު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެ 4 މީހުންގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.