މައުމޫންގެ މައްޗަށް 2 ދައުވާ ސާބިތުވެއްޖެ، 12 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ދަޕްރެސް

29 ސެޕްޓެމްބަރު 2025 | ހޯމަ | 6:58

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ މައްސަލައިގެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، އަބްދުﷲ މައުމޫން 2016 ވަނަ އަހަރު މޯލްޑިވް ގޭސްގެ އެމްޑީއަކަށް ހުންނެވި އިރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުލަތުން ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން 2 ދައުވާގެ ހުކުމް މިއަދު ކޮށްފައިވާ ކަމަށެވެ. އެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރާއި 9 މަހާއި 18 ދުވަހަށް އޭނާ ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައި ކަމަށް ޕީޖީ އިން ބުނެއެވެ.

އަދި ބާކީ ފަސް ދައުވާގެ ހުކުމް އެހެން ދުވަހެއްގައި ކުރިއަށް ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މައުޟޫޢުތަށް