އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން ފުރުސަތު ދޭނީ ސްކްރީންކުރުމަށްފަހު

ދަޕްރެސް

30 ސެޕްޓެމްބަރު 2025 | އަންގާރަ | 11:31

އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން ފުރުސަތު ދޭނީ ސްކްރީންކުރުމަށްފަހު ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެފިއެވެ.

އެ މަރުކަޒުން ބުނީ މިގޮތަށް އަމަލުކުރަން ނިންމާފައިވަނީ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ފެންވަރު މަތިކުރުމަށް ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އެކަޑެމިކް ކޯޑިނޭޓާ އަލީ ވަހީދު އަބްދުއްރަހްމާން ވިދާޅުވީ، ޤުރުއާން މުބާރާތުގެ ފެންވަރު އިތުރަށް މަތިކުރުމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ބާއްވަމުންދާނީ އެކި ބުރުތަކަށް ބަހާލައިގެންކަމަށާއި ކޮންމެ ބައިވެރިއަކަށްވެސް ފުރުސަތު ލިބޭނީ ސްކްރީންކޮށްގެންކަމަށެވެ.

މައުޟޫޢުތަށް