ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށް، ބަންދަށް 30 ދުވަސް ޖަހައިފި
ދަޕްރެސް
30 ސެޕްޓެމްބަރު 2025 | އަންގާރަ | 3:05
އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 1:17 އެހައިކަން ހާއިރު ހިނގި މި މާރާމާރީ އާއި ގުޅިގެން ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ސަންރީފް. އަލީ އަސްއަރު (30އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަލީ އަސްއަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.