ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ސިޔާސީ އިދިކޮޅު ފަރާތްތަކުން ކުރާކަމެއް ވިސްނަން ޖެހޭ: އިހުސާން

ދަޕްރެސް

30 ސެޕްޓެމްބަރު 2025 | އަންގާރަ | 4:18

ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ސިޔާސީ އިދިކޮޅު ފަރާތްތަކުން މީހުން މަގުމައްޗަށް ނެރެ ކުރާކަމެއް ރައްޔިތުން ވިސްނަން ޖެހޭކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އެކަން ކުރުން ކަމަށާއި އެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން ދާކަމަށެވެ.

ނަމަވެސް އިހުސާން ވިދާޅުވީ ފާއިތުވި 15 އަހަރު ވެރިކަމުގައި އަދި މަގާމުތަކުގައި ތިބެގެން އިދިކޮޅު ސިޔާސީ ފަރާތްތަކަށް އެ މަސައްކަތް ނުކުރެވުން ކަމަށާއި، އެހެންކަމުން މިއަދު އެ ދައްކާ ވާހަކަތަކާމެދު ރައްޔިތުން ސަމާލުވާން ޖެހޭނެ ކަމަށެވެ.

މައުޟޫޢުތަށް