ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރިކަމަކީ ދަގަނޑަށް ވުރެ ވަރުގަދަ ގުޅުމެއް: ރައީސް

ދަޕްރެސް

30 ސެޕްޓެމްބަރު 2025 | އަންގާރަ | 6:00

ޗައިނާ އާއި ރާއްޖޭގެ ރަހްމަތްތެރިކަމުގެ ގުޅުމަކީ ދަގަނޑަށް ވުރެ ވަރުގަދަ، ޖީލުތަކަށް ދެމިގެންދާނެ ބްރިޖެއް ފަދަ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުގެ މުނާސަބަތުގައި ބާސެލޯގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ތާރީހުގެ ތެރެއަށް ބަލައިލި ކަމުގައި ވިޔަސް އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހަކީ ހަމައެކަނި ތާރީހީ ދުވަހެއްގެ ގޮތުގައި ބެލެވޭކަށް ނެތް ކަމަށެވެ. އެއީ ގައުމެއްގެ އަލުން އުފަންވުން ރަމްޒުކޮށްދޭ އަދި އެ ގައުމެއްގެ ރައްޔިތުންގެ އިހްތިޔާރުން އެ ގައުމެއްގެ މުސްތަގުބަލު ބައްޓަން ކުރެވިދާނެ ގޮތް ހަނދާން ކޮށްދޭ ދުވަހެއް ކަަމަށް ރައީސް ވިދާޅުވިއެވެ. 76 އަހަރުގެ ތެރޭގައި ޗައިނާ ވަނީ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަނެ، އެންމެ އިސްކޮށް ހަރަކާތްތެރިވާ އަދި ނުފޫޒުގަދަ ގައުމަކަށް ވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް