ކުންފުނިތަކުން ކޮރަޕްޝަން ހުއްޓުވަން އޮޑިޓަރުން ދޭ އިރުޝާދުތައް ތަންފީޒުކުރަން ޖެހޭ: ނައިބު ރައީސް
ދަޕްރެސް
1 އޮކްޓޯބަރު 2025 | ބުދަ | 11:51
ކުންފުނިތަކުން ކޮރަޕްޝަން ހުއްޓުވަން އޮޑިޓަރުން ދޭ އިރުޝާދުތައް ތަންފީޒުކުރަން ޖެހޭކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮންފަރެންސް 2025 ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ކޮރަޕްޝަނާ ދެކޮޅު ރައްޔިތުންގެ އިތުބާރާއި މަންފާ ލިބޭ ތަންތަން ކަމުގައި ހެދޭނީ އިންޓާނަލް އޮޑިޓް ހަރުދަނާކޮށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދީގެން ކަމަށެވެ.
އަދި އޮޑިޓަރުން ދޭ އިރުޝާދުތަކާއި ލަފާތައް ތަންފީޒުކުރަން ޖެހޭކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ ކުންފުނިތަކަށް އާންމުންކުރާ އިތުބާރު ދެމެހެއްޓުމުގެ ބޮޑު ދައުރެއް އިންޓާނަލް އޮޑިޓަރުން އަދާ ކުރާ ކަމަށެވެ.