ކުއްޔަށް ދޫކޮށްފައި ހުރި ޕާކިން ސްލޮޓްތައް އުވާލައި، އާންމުންނަށް ހުޅުވާލައިފި
ދަޕްރެސް
1 އޮކްޓޯބަރު 2025 | ބުދަ | 12:35
މާލޭގެ މަގުތަކުން ކުއްޔަށް ދީފައި ހުރި ޕާކިން ސްލޮޓްތައް އުވާލައި، ޕާކިން ސްލޮޓްތައް އެންމެންނަށް ވެސް ބޭނުން ކުރެވޭނެހެން ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގެ މަގުތަކުން ހަތަރު ފޮރޮޅުލީ ވެހިކަލް ޕާކިންއަށް ދޫކޮށްފައިވާ ސަރަހައްދުތައް ކުއްޔަށް ދިނުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލްއިން ޓްރާންސްޕޯޓް މިނިސްޓްރީއަށް އެގޮތަށް ލަފާ ދިނުމާއެކު ޕާކިން ސްލޮޓްތައް ކުއްޔަށް ނުދެވޭނެ ކަމަށް އެ މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލަށް އަންގާފައިވާކަން އެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.