އުމުރުން ދުވަސްވީ ކޮންމެ މީހަކީ ތަޖުރިބާގެ އަގުހުރި މުތެއް ކަމަށް ރައީސް ވިދާޅުވެއްޖެ
ދަޕްރެސް
1 އޮކްޓޯބަރު 2025 | ބުދަ | 4:01
އުމުރުން ދުވަސްވީ ކޮންމެ މީހަކީ ތަޖުރީބާގެ އަގުހުރި މުތެއް ކަމަށާއި އެއިން ކޮންމެ މީހެއްގެ މާޒީއަކީ އިބްރަތުގެ ދަރުސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ބައިންލަްއަގްވާމީ ގޮތުން ފާހަގަކުރާ އުމރުން ދުވަސްވީ މީހުންގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ގައުމަށް ތަޖްރިބާގެ އަގުހުރި މުތެއް ކަމަށެވެ. އެއިން ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް ކަމަށެވެ.