ރައީސުލްޖުމްހޫރިއްޔާ، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހުކޮށްދެއްވައިފި

ދަޕްރެސް

1 އޮކްޓޯބަރު 2025 | ބުދަ | 7:25

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒު، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހުކޮށްދެއްވައިފިއެވެ.

ޅ. މާފިލާފުށީގައި ހުންނަ ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ގާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހުކުރެއްވުމުގެ ގޮތުން ދިވެހި ވަތަނީ ހިދުމަތުގެ ދިދަ ހަވާލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ފުރިހަމަ ތަރައްގީ ހާސިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެންކަމުގައި ވިދާޅުވެފައެވެ. އަދި ގައުމުދެކެ ލޯބިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ފަހުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ، ބޮޑެތި އުމްރާނީ މަސައްކަތްތަކަށްވުރެ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް