ރައީސް، ޓެކްސް އެޕީލް ޓްރެބިއުނަލަށް ފޮނުއްވި ނަންތަކުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަކިކުރި މަހާޒްގެ ނަން!
ދަޕްރެސް
1 އޮކްޓޯބަރު 2025 | ބުދަ | 7:26
ޓެކްސް އެޕީލް ޓްރެބިއުނަލަށް ދެ މެންބަރުން އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މަހާޒު އަލީ ޒާހިރު ހިމެނިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީސް، ޗުއްޓީ އަށް ފަހު މާދަމާ ޖަލްސާތައް ފަށާއިރު އެޖެންޑާގައި ހުުރި ކަންތައްތަކުގެ ތެރޭގައި ޓެކްސް އެޕީލް ޓްރެބިއުނަލަށް ރައީސް ފޮނުއްވި ނަންތަކާ މެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވުން ހިމެނެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެ ޓްރެބިއުނަލަށް ކުރިމަތިލެއްވި ހަތް ބޭފުޅެއްގެ ނަން ރައީސް ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާއިރު މަހާޒު އަލީ ޒާހިރު ގެ ނަން ހިމެނެއެވެ. އެހެންނަމަވެސް އެ ލިސްޓުގައި ރައީސް އިސްކަން ދެއްވި ތަރުތީބު އަދ ސާފުވެފައެއް ނުވެއެވެ.