ރާއްޖޭގައި، މައިބަދައަށް ކެމެރާ ލައްވައިގެން ކުރި ފުރަތަމަ އޮޕަރޭޝަން ކާމިޔާބު
ދަޕްރެސް
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:26
މައިބަދައަށް ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މި އޮޕަރޭޝަން ކޮށްފައި ވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް, އައިޖީއެމްއެޗްގެ ނިއުރޯ ސާޖަރީ ޑިޕާޓްމަންޓުން ކަމަށެވެ. އައިޖީއެމްއެޗާ ހަވާލާދީ ހެލްތް މިނިސްޓްރީން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި މި އޮޕަރޭޝަން ކާމިޔާބުކަން ފާހަގަކޮށްފައެވެ.
މިއީ މައިބަދައިގެ ޑިސްކު ސްލިޕްވުން، ނުވަތަ ނާރު ފިތުން، ނުވަތަ އެކިކަހަލަ ބުރަކަށީގެ ތަދުތަކަށް ފަރުވާ ދިނުމަށް, ނުފަޅާ ކުރާ އޮޕަރޭޝަނެކެވެ.