އަޑެއް ބަޑެއް ނީވޭ އަދާލަތުން މާދަމާ އެމްޑީޕީއާއެކު މުޒާހަރާއަށް!
ދަޕްރެސް
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:20
އަދާލަތު ޕާޓީ އިން އެމްޑީޕީއާއެކު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި" މުޒާހަރާގައި ބައިވެރިވުމަށް ނިންމައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ޕާޓީން ބުނީ ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުން އެމްޑީޕީ އާއި އަދާލަތު ޕާޓީން ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް، ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ވަގުތު ދެވިއްޖެ ކަމަށާއި، ނަމަވެސް ދައުރު ދެބައިވެގެންދާއިރު ގައުމުގެ ހާލަތު ބޮއްސުންލާފައިވާކަމަށް މިއަދު އެމްޑީޕީއާއެކު ބޭއްވި ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަމަށެވެ.
އެގޮތުން ގާނޫނު އަސާސީގެ ހައްގުތައް ނިގުޅައިގަނެފައިވާކަމަށާއި، ސަރުކާރުން ކުރާ ވައްކަމަށާއި ހިންގަމުން ގެންދާ ހިޔާނާތުގެ އަމަލުތަކާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދައްވަމުން ދާކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ. އެ ޕާޓީން ބުނީ މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ހަގީގަތް ނެތިކޮށްލުމަށް މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން ކޮށްފައިވާ މަސައްކަތް ކަމަށެވެ.