އެމްޑީޕީއިން ގައުމު ހަލަބޮލިކުރަން އުޅެނީ ކޮރަޕްޝަންގެ މައްސަލަތައް ބަލާނެކަން ޔަގީންވުމުން: ހަލީލް

ދަޕްރެސް

3 އޮކްޓޯބަރު 2025 | ހުކުރު | 1:13

އެމްޑީޕީއިން ގައުމު ހަލަބޮލިކުރަން މަސައްކަތް ކުރަނީ ނިމިދޔަ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާނެކަން ޔަގީންވުމުން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހަލީލް މިފަދައިން ވިދާޅުވީ އެމްޑީޕީއިން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތައް އިޝާރަތް ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހަލީލް ވިދާޅުވީ އެމްޑީޕީގެ ވެރިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ބަލާނެކަން ކަށަވަރުވުމުން އަނެއްކާވެސް ގައުމު ހަލަބޮލިކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ.

މައުޟޫޢުތަށް