ހުޅުމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި
ދަޕްރެސް
3 އޮކްޓޯބަރު 2025 | ހުކުރު | 7:44
ހުޅުމާލޭގައި މިއަދު ހިންގި މާރާމާރީއަކާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 17:07 އެހާކަންހާއިރު ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓު ސަރަހައްދުގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެޗް7 ކައިރީ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނިފައިވާކަމަށެވެ.
މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވެސް މިހާރު ދައުރުވަމުން ދާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ދެ އަންހެނަކު އެކަކު އަނެކަކުގެ އިސްތަށިގަނޑަށް ދަމާ މާރާމާރީ ހިންގަމުން ދިޔަ އިރު އެތާ ކައިރީ ދެ ފިރިހެނަކުވެސް މާރާމާރީ ހިންގާފައިވެއެވެ.