އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ ހާއްސަ ދުއާއަކުން މުޒާހަރާ ނިންމާލައިފި
ދަޕްރެސް
4 އޮކްޓޯބަރު 2025 | ހޮނިހިރު | 12:23
އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ "ލޫޓުވައިފި" މުޒާހަރާ ނިންމާލައިފިއެވެ.
މި މުޒާހަރާ ނިންމާލާފައިވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ހާއްސަ ދުއާއަކުންނެވެ. މި މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުން ހައްޔަރުވެސް ކޮށްފައިވާއިރު މި މުޒާހަރާ ވަނީ ހަލަބޮލިވެފައެވެ. މުޒާހަރާ ހަލަބޮލިވެފައިވަނީ ފުލުހުން ހުއްދަ ދީފައި ނުވާ މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ދާން ފެށުމާއި ގުޅިގެންނެވެ.
ފުލުހުން ބުނީ ހުއްދަ ދެވިފައިވާ ރޫޓާއި ހިލާފަށް މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ނުދިއުމަށް ތަކުރާރުކޮށް ނަސޭހަތްދީ އިންޒާރު ދީފައިވާނެ ކަމަށާއި، ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާއި ދިމާލަށް ގަލާއި ފެންފުޅި ފަދަ ތަކެތިވެސް އުކާފައިވާކަމަށެވެ.