އެމްޑީޕީ މުޒާހަރާ: ހައްޔަރުކުރި 8 މީހުންގެ ތެރެއިން 7 މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

ދަޕްރެސް

4 އޮކްޓޯބަރު 2025 | ހޮނިހިރު | 6:15

ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހުރަސްއެޅި މީހުންގެ ތެރެއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން 7 މީޙުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ރޭގެ މުޒާހަރާއިން ހައްޔަރު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އަދި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ހިމެނެއެވެ. މީގެ އިތުރުން އަލީ ޖުމާން، މުހައްމަދު ޚަލަފު އިބްރާހިމް، އަޒްމީ އަލީ އަދި ހަސަން ޝާކިރު ވެސް ވަނީ ރޭ މުޒާހަރާއިން ހައްޔަރުކޮށްފައެވެ.

މި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް މުހައްމަދު ހަލަފު އިބްރާހިމް ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދާން އަމުރުކޮށްފައެވެ.

މައުޟޫޢުތަށް