މޯލްޑިވްސް މީޑިއާ ކޮމިޝަންގެ މަގާމުތަކަށް 6 ފަރާތަކުން ކުރިމަތިލާފައިވޭ: އީސީ

ދަޕްރެސް

5 އޮކްޓޯބަރު 2025 | އާދިއްތަ | 10:24

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު މި އިންތިހާބުގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް 6 ފަރާތަކުން ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެގޮތުން އީސީ އިން ބުނީ ބްރޯޑްކާސްޓަރުން ތަމްސީލް ކުރާ މެންބަރުންގެ މަގާމަށް 4 ބޭފުޅުން ފޯމު ހުށަހަޅާފައިވާކަމަށާއި، މީގެ ތެރެއިން 3 ބޭފުޅުންގެ ކެންޑިޑަސީ ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ކެންޑިޑެސީ ގަބޫލުކޮށްފައި 3 ފަރާތުގެ ތެރެއިން 1 ފަރާތަކުން ނަން އަނބުރާ ގެންދިއުމަށް އެދިފައިވާކަމަށްވެސް އީސީ އިން ވަނީ ބުނެފައެވެ.

އިތުރަށް އީސީ އިން ބުނީ އެހެނިހެން މީޑިއާތައް ތަމްސީލް ކުރާ މެންބަރުންގެ މަގާމަށް 2 ބޭފުޅުން ފޯމު ހުށަހަޅާފައިވާކަމަށާއި، މީގެ ތެރެއިން 1 ބޭފުޅެއްގެ ކެންޑިޑަސީ ގަބޫލުކޮށްފައިވާކަމަށެވެ.

މައުޟޫޢުތަށް