6 އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓެއް، ދުއްވި މީހާ ދިޔައީ މަޑު ނުކޮށް

ދަޕްރެސް

5 އޮކްޓޯބަރު 2025 | އާދިއްތަ | 12:28

ގދ. ތިނަދޫ ސިޓީގައި މަގު ހުރަސްކުރަން ދުވެފައި ދިޔަ 6 އަހަރުގެ ކުއްޖެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ޖެހި އެކްސިޑެންޓު ވެއްޖެއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ ތިނަދޫ ސިޓީ، އާބާދީ ހިނގުމުން ހުޅަނގަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި 6 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ އިއްޔެ 18:16 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް މިހާރު ޑރ. އަބްދުލް ސަމަދް މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ގެންދަނީ ދަރުވާ ދެމުން ކަމަށެވެ. ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ ލައިސަންސް ނެތް މީހެއް ކަމަށެވެ.

މައުޟޫޢުތަށް