ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށްފި
ދަޕްރެސް
5 އޮކްޓޯބަރު 2025 | އާދިއްތަ | 5:09
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެމްއޭސީއެލްއިން ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށްފިއެވެ.
އެކަމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އެންމެ ރަނގަޅަށް ނެތް ކަންކަން ހައްލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމްއޭސީއެލް އިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ހަވާލުވުމުން އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.