18 ރަށެއްގައި ޖުމްލަ 20 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ދަޕްރެސް

5 އޮކްޓޯބަރު 2025 | އާދިއްތަ | 8:13

18 ރަށެއްގައި ޖުމްލަ 20 ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ސްޕޯޓްސް މިނިސްތްރީޏް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ސައުދީއެވެ. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން ގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުالله ރާފިއުއެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ވޮލީ ކޯޓު ތަރައްގީ ކުރުމާއި ދުވާ ޓްރެކް ތަރައްގީ ކުރުމާއި އައުޓްޑޯ ޖިމްގެ އިތުރުން ފުޓްސަލް ކޯޓާއި ފުޓްބޯޅަ ދަނޑު ލައިޓް ހަރުކުރުން ހިމެނެއެވެ. އެގޮތުން ވޮލީ ކޯޓު ތަރައްގީ ކުރަން ނިންމާފައިވާ ރަށްރަށަކީ އދ. ފެންފުށި، އދ. ހަންޏާމީދޫ، އދ. އޮމަދޫ، ހއ. މޮޅަދޫ އަދި ގއ. ދެއްވަދޫއެވެ. ފުޓްސަލް ކޯޓް ތަރައްގީކުރަން ނިންމާފައިވާ ރަށްރަށަކީ ހއ. މުރައިދޫ، ހއ. މޮޅަދޫ، ހއ. ދިއްދޫ އަދި ރ. މަޑުއްވަރި ހިމެނެއެވެ.

މައުޟޫޢުތަށް