ކުނބުރޫގެ ބައެއްގެ ގޮތުގައި 'ފޮފަޅަގައު' ރައީސް ހަމަޖައްސަވައިފި

ދަޕްރެސް

7 އޮކްޓޯބަރު 2025 | އަންގާރަ | 1:40

އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގެ ބައެއްގެ ގޮތުގައި "ފޮފަޅަގައު" ފަޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައި ދެއްވައިފިއެވެ.

ކުނބުރުދޫގެ ބައެއްގެ ގޮތުގައި "ފޮފަޅަގައު" ހަމަޖެއްސެވީ ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހި ކުރުމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން އެފަޅު ބޭނުން ކުރެވިދާނެ ކަމަށް ކުނބުރުދޫ ރައްޔިތުން ހުށަހެޅުމުންނެވެ.

މިއާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅިފައިވާ ގޮތަށް އިސްލާހު ގެނެސް، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓު، މިހާރު ވަނީ އަދާ ހަމަކޮށްފައެވެ.

މައުޟޫޢުތަށް