މޯލްޑިވްސް މީޑިއާ ކޮމިޝަން: މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިހާބަކާ ނުލާ ހޮވިއްޖެެ

ދަޕްރެސް

7 އޮކްޓޯބަރު 2025 | އަންގާރަ | 7:47

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަންގައި ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިހާބަކާ ނުލާ ހޮވިއްޖެެއެވެ.

އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.

އެއާއެކު މީޑިއާތަކުން އިންތިހާބުކުރާ 4 މެންބަރުން ހޮވުމަށްޓަކައި އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައި އޮތީ މިމަހުގެ 11 ވަނަ ދުވަހު ނަމަވެސް ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން އިންތިހާބަކާނުލާ މިވަނީ ހޮވިފައެވެ.

މައުޟޫޢުތަށް