ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަނުގެ ހުށަހެޅުންތައް ތަންފީޒުކުރާނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވެއްޖެ

ދަޕްރެސް

8 އޮކްޓޯބަރު 2025 | ބުދަ | 11:16

ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުގެ ހުށަހެޅުންތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރިގޮތާއި އެ ހާދިސާގައި ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

މިގޮތުން މިނިސްޓަރު ވިދާޅުވީ އެ މައްސަލައިގައި ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުލުހުންގެ ޕްރޮފެޝަނަލް ސެޓެންޑަޑް ކޮމާންޑްސްގެ ފަތާރުން ތަހުގީގު ކުރިއަށްގެންދާ ކަމަށެވެ. މި މައްސަލައިގައި ފުލުހުން އިހުމާލުވި ކަމަށް ބުނެވޭ މައްސަލަތަކުގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން އިހްސާން ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ޕްރޮސީޖާތައް ރިވިއުކޮށް، އެސްއޯޕީތަަކަށް މުވައްޒަފުން އަހުލުވެރިކުރެވިފައިވާ ކަމަށެވެ.

މައުޟޫޢުތަށް