އަލަށް ފާސްކުރެވުނު ފޮރިން އިންވެސްޓުމަންޓު ގާނޫނުގައި ގިނަ ދާއިރާތަކެއް ދިވެހިންނަށް ހާއްސަކުރެވިފައިވާނެ: ސައީދު
ދަޕްރެސް
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:08
އަލަށް ފާސްކުރެވުނު ފޮރިން އިންވެސްޓުމަންޓު ގާނޫނުގައި ގިނަ ދާއިރާތަކެއް ދިވެހިންނަށް ހާއްސަ ކުރެވިފައިވާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ދިވެހިންނަށް ހުރި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވާ އެމަނިކުފާނުގެ މެނިފެސްޓޯގެ ވައުދެއް ކަމަށާއި، އެގޮތުން އަލަށް ފާސްކުރެވުނު ފޮރިން އިންވެސްޓުމަންޓު ގާނޫނުގައި ކުރިއާއި ހިލާފަށް ގިނަ ދާއިރާތަކެއް ދިވެހިންނަށް ހާއްސަ ކުރެވިފައިވާކަމަށެވެ.
ފޮރިން އިންވެސްޓުމަންޓު ގާނޫނެއް ރާއްޖޭގައި ފުރަތަމަ ފާސްވެފައިވަނީ 1979 ވަނަ އަހަރުކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ 45 އަހަރުގެ ދިގު މުށްދަތަކަށްފަހު އަލަށް ފާސްކުރެވުނު ފޮރިން އިންވެސްޓުމަންޓް ގާނޫނު، 3 ސެޕްޓެމްބަރު 2024 ގައި ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.