ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް އެފްއޭއެމްގެ ރައީސް ތޯރިގު އައްޔަންކޮށްފި
ދަޕްރެސް
9 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:55
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގު އައްޔަންކޮށްފިއެވެ.
މިކަމާ ގުޅިގެން ތޯރިގަށް މަރުހަބާ ވިދާޅުވެ އެފްއޭއެމް އިން ކުރި ޕޯސްޓެއްގައި ބުނީ މިއީ ފީފާގެ ސްޓޭންޑިން ކޮމިޓީއަކަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރު ކަމަށާއި، އެހެންކަމުން މިއީ ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެފްއޭއެމް އިން ބުނީ 2025 އިން 2029 ގެ ނިޔަލަށް ތޯރިގު އެ މަގާމުގައި ހުންނާނެ ކަމަށެވެ.