ކުރީގެ މިނިސްޓަރުން އޭސީސީއަށް ހާޒިރުކުރަނީ ސިޔާސީ ރޭވުމެއްގެ ތެރެއިން: ސޯލިހް
ދަޕްރެސް
10 އޮކްޓޯބަރު 2025 | ހުކުރު | 11:51
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މިނިސްޓަރުންގެ ގޮތުގައި ތިއްބެވި 3 މެންބަރަކު އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރުމަކީ އިދިކޮޅު (އެމްޑީޕީގެ) ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވުމެއްގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ އޭސީސީގެ ތަހުގީގަކަށް ހާޒިރުވާން އަންގާފައިވާކަން ފާހަގަ ކުރައްވާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓުގެ 3 މިނިސްޓަރުން އޭސީސީގެ ތަހުގީގަކަށް ހާޒިރުވާން އަންގާފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.