އާންމުންގެ ފާޑުކިޔުންތަކާއެކު ޝުއައިބާ ފުލުހުން ސުވާލު ކުރަނީ

ދަޕްރެސް

10 އޮކްޓޯބަރު 2025 | ހުކުރު | 5:25

އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑި ޖަހަން، ސޯޝަލް މީޑިއާގައި ގޮވާލި ޝުއައިބް އަލީ ފުލުސް އޮފީހަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އެރޭ ފޭސްބުކްގައި ޝުއައިބު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާނަމަ ތަޅައި ތިރިކޮށްލަންވީ، ބަޑި ވެސް ޖަހަންވީ" ކަމަށެވެ.

އެ މައްސަލަ ވަނީ އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް ހޫނުވެފައެވެ. އެގޮތުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ އެކު ފޯނު ހިފެހެއްޓި ނަމަވެސް ޝުއައިބު އެމްޑީޕީގެ އާންމު މެންބަރުންނަށް އިންޒާރު ދިނުމުން އޭނާއާމެދު ފިޔަވަޅު ނޭޅުމުން އާންމުން ވަނީ ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

މައުޟޫޢުތަށް