ތާރީހީ ދުވަހެއް، ހުޅުމާލޭ ހޮސްޕިޓަލުގައި މުޅިން އަލަށް އާތްރޮސްކޮޕިކް ނީ ސާޖަރީއެއް ކޮށްފި
ދަޕްރެސް
10 އޮކްޓޯބަރު 2025 | ހުކުރު | 7:38
މުޅިން އަލަށް ހުޅުމާލެ ހޮސްޕިޓަލުގައި އާތްރޮސްކޮޕިކް ނީ ސާޖަރީއެއް ކޮށްފިއެވެ.
އެ ހޮސްޕިޓަލްގެ، ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި ހިއްސާ ކުރެއްޕި ޕޯސްޓެއްގައި ވިދާޅުވީ، އެ ހުޅުމާލެ ހޮސްޕިޓަލްގެ އޮތޯޕީޑިކް ޑިޕާޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަހުމަދު އާޒިމްގެ އިސްނެންގެވުމުގެ ދަށުން އާތްރޮސްކޮޕިކް (ކީހޯލް) ނީ ސާޖަރީއެއް ހުޅުމާލެ ހޮަސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފައިވާ ކަމަށެވެ.
އަދި ރަސްމީކޮށް އެ ސާޖަރީގެ ހިދުމަތް ވެސް މިހާރު ފެށިފައިވާ ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ. މި އާ ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހުންނަށް އަވަސް ރިކަވަރީ ލިބިގެންދާނެކަން ފާހަގަ ކުރައްވާ ހަލީމް އިތުރަށް ވިދާޅުވީ މި ކުރިއެރުމަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅިގެން ދިޔަ އިތުރު ފިޔަވަޅެއް ކަމަށެވެ.