އާރްޓީއެލް ސްމާޓް ކާޑަކީ އެމްޓީސީސީއާ ގުޅުމެއް އޮތް ކަމެއް ނޫން، އެއީ ސްކޭމެއް!

ދަޕްރެސް

11 އޮކްޓޯބަރު 2025 | ހޮނިހިރު | 11:05

"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމަކަށް ކިޔާ ފޭކް ފޭސްބުކް ޕޭޖުން ސްކޭމެއް ހިންގަމުން ވާހަކަ އަކީ މި އަހަރު ފެށުނު އިރު ވެސް އެމްޓީސީސީން ސަމާލުވުމަށް އެދި އިލްތިމާސްކުރަމުން އަންނަ "ފޭކް ފޭސްބުކް ޕޭޖް" އެއްގެ ވާހަައެެވެ. އަނެއްކާވެސް އެމްޓީސީސީން މި ވަނީ އެ ޕޭޖުން ހިންގާ ސްކޭމަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީން ބުނެފައި ވަނީ އެ ޕޭޖުން އާރްތީއެލް ސްމާތް ކާޑެއްގެ ނަމުގައި ހިންގަމުން އަންނަ ސްކޭމަށް ސަމާލުވުމަށެވެ. ފޭކް އެފްބީ ޕޭޖްތަކުންނާއި ނަންބަރުތަކުން ފޯނަށް ފޮނުވާ ލިންކްތަކަށް ނުފިތުމަށާއި އަދި ވަދެ ފައިސާގެ މުއާމަލާތްތައް ނުހިންގުމަށް އެމްޓީސީސީން ނަސޭހަތްތެރިވެއެެވެ. އަދި އާރްޓީއެލް ސްމާތް ކާޑުގެ ނަމުގައި އެ ހިންގާ ސްކޭމަކީ އެމްޓީސީސީއާއި އާރްޓީއެލްއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އަދި މިފަދަ ކަންކަމުން ސަމާލުވެ، އެ ކުނފުނީގެ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެެވެ.

މައުޟޫޢުތަށް