ޕްރިންސިޕަލުންގެ މަހާސިންތާ ރައީސް މުއިއްޒު އިފްތިތާހްކޮށް ދެއްވައިފި
ދަޕްރެސް
11 އޮކްޓޯބަރު 2025 | ހޮނިހިރު | 12:43
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާހްކޮށް ދެއްވައިފިއެވެ.
މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ.
މިއަދު ފެށި ޕްރިންސިޕަލުންގެ ކޮންފަރެންސްގެ ބޭނުމަކީ، ގައުމު ދެކެ ލޯބިވާ، ވިސްނާ ފިކުރު ކުރާ ދަރިވަރުންތަކެއް ބިނާކޮށް ދިރިއުޅުމަށް ތައްޔާރު ކުރުމަށްޓަކައި ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންނާއެކު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމެވެ. ހަމައެއާއެކު އެކިއެކި ދާއިރާތަކުގެ ސިޔާސަތު، ޕްރިންސިޕަލުންނާއި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ ހިޔާލާއި މަޝްވަރާ އާއެކު އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރުމެވެ.