އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭން ޖެހޭ: މެޑަމް ސާޖިދާ

ދަޕްރެސް

11 އޮކްޓޯބަރު 2025 | ހޮނިހިރު | 8:56

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ސާޖިދާ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ހޯއްދަވައިދެއްވުމަށާއި އެކުދިންގެ އަޑު އަހާ އިހުތިރާމުކުރަން ޖެހޭނެ ކަމަށެވެ.

ސާޖިދާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިން ދައްކުވައިދެމުންދާ ހިއްވަރާއި ތޫނުފިލިކަމާއި އޯގާތެރިކަން ފާހަގަކުރައްވާފައެވެ. ސާޖިދާ ވިދާޅުވީ އަންހެނުން ކުދިންނަކީ މުޖުތަމައުތަކުގައި އީޖާދީ ވިސްނުމާއެކު އިސްނަގައިގެން ހަރަކާތްތެރިވާ، އަދި މުސީބާތުގެ ވަގުތުތަކުގައިވެސް ގަދައަޅައި މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

މައުޟޫޢުތަށް