ޕާކިސްތާނާއި އަފްގާނިސްތާނުގެ ކުރިމަތިލުމެއް، މީހަކު މަރުވިކަން އަދި ސާފެއް ނުވޭ!
ދަޕްރެސް
12 އޮކްޓޯބަރު 2025 | އާދިއްތަ | 10:42
އަފްގާނިސްތާނުގެ އުތުރުބިތުގެ ބޯޑަރު ސަރަހައްދުގެ ބާޒާރަކަށް ޕާކިސްތާނުން ވައިގެ ހަމަލާއެއް ދިން ކަމަށް ބުނެ އަފްގާނިސްތާނު ސިފައިން ޕާކިސްތާނަށް ހަމަލާ ދީފިއެވެ.
ފަރުބަދަތައް ގިނަ އުތުރު ބޯޑަރު ސަރަހައްދުގައި ދެފަރާތުން ބަޑީގެ ހަމަލާތައް ބަދަލުކޮށްފައި ވާއިރު، އެ ހަމަލާތަކުގައި މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
މި ހަމަލާއާ ގުޅިގެން އަފްގާނިސްތާނުގެ ތޯލިބާން ސަރުކާރުން ބުނީ، ހަމަލާ ދިނީ، ޕާކިސްތާނުން އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަދެ ބާޒާރަކަށް ހަމަލާދީފައި ވުމުގެ ސަބަބުން ކަމަށެވެ.