37 ވަނަ ގައުމީ ގުރުއާން މުބާރާތުގެ ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށް
ދަޕްރެސް
12 އޮކްޓޯބަރު 2025 | އާދިއްތަ | 12:31
ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ފަހުރުވެރި ރަންވަނަތައް ފާތިމަތު ޝާޔާ ޒާހިރު، އައިޝަތު ޝަބާ އަދި އަހްމަދު ޝައިމް ރިޟާ ހޯދައިފިއެވެ.
މުބާރާތުން ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މި އަހަރުގެ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރަތުން ރަންވަނަތަކަށް ހާސިލްކުރި ބައިވެރިންނަށް ވަނީ އަގުހުރި އިނާމުތަކެއް ދީފައެވެ. އޭގެތެރޭގައި ރައީސްގެ ޝަރަފުގެ ފިލަޔާއި ރައީސް ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ރައީސް ދެއްވާ ހާއްސަ އިނާމުތަކާއި ބޭނުން ރޮނގަކުން ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕާއި ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން އިސްލާމިކް މިނިސްޓްރީއިން ދޭ 75،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޓްރޮފީގެ އިތުރުން މޯލްވިސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު އުމްރާ ދަތުރު ހިމެނެއެވެ.